އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ޝާފިއު އައްޔަންކޮށްފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް އައްޔަން ކުރި ފުވައްމުލަކު ސިޓީ، މާދަޑު، ނަޒާ، ޝާފިޢު ޢަލީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ފުވައްމުލަކު ސިޓީ، މާދަޑު، ނަޒާ، ޝާފިޢު ޢަލީ އައްޔަނު ކުރައްވައިފި އެވެ.

ޝާފިއު އަކީ މީގެ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެ މަރުކަޒުގެ ލީޑިންގް ޓީޗަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އޭގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަންވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.

ޝާފިޢު ޢަލީ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީއިން "ބެޗެލާ އޮފް ޓީޗިންގް ސެކަންޑަރީ" ހާސިލު ކުރައްވައިފަ އެވެ.

comment ކޮމެންޓް