އެމީ ޖެކްސަން އެންގޭޖްވެއްޖެ

އެމީ ޖެކްސަން އަދި އޭނާގެ ލޯބިވެރިޔާ ޖޯޖް--

މަޝްހޫރު ފިލްމީ ތަރި އަދި މޮޑެލް އެމީ ޖެކްސަން 26، އެންގޭޖްވެއްޖެއެވެ.

އެމީ އެންގޭޖްވެފައިވަނީ އޭނާގެ ލޯބިވެރިޔާ ޖޯޖްއާއެވެ. އޭނާ އެންގޭޖްވިކަން ހާމަކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އާ އަހަރަކާއެކު ހަޔާތުގެ އާ ކަމެއް ފެށުނީކަމަށެވެ. ޖޯޖް އަކީ މިލިއަނަރެކެވެ.

ދެމީހުން އެންގޭޖްވި ނަމަވެސް ކައިވެނިކުރާނެ ވަކި ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި މިއަހަރު އެމީ ކައިވެނިކުރާނެއެވެ.

އެމީ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ އަކްޝޭ ކުމާރުގެ 2.0 އިންނެވެ.

comment ކޮމެންޓް