މަނީ ލޯންޑަރިން މައްސަަލައެއްގައި އާޒިމާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަނީ ލޯންޑަރިން މައްސަލައެއްގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އާޒިމާ އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށާއި އޭނާ ހާޒިރުކޮށްފައި ވަނީ، މަނީލީންޑަރ ކުރުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ.

"މަނީ ލޯންޑަރު [ކަޅު ފައިސާ ދޮވުމަށް] ކުރުމުގައި އެހީތެރިވެ، އަދި އެ ފާއިސާ އާއި ގުޅޭ ގޮތުން ހިންގުނު މުއާމަލާތްތަކުގެ ދޮގު މައުލޫމާތު [ދައުލަތުގެ] އިދާރާތަކަށް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު ވަނީ އިއްޔެ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރެވިފަ،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ހޯދުމަށް އަޒިމާއަށް ގުޅުއްވުމުން އާޒިމާ ވިދާޅުވީ، ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވަތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

އާޒިމާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުރި އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެވަފައިވާ އެސްއޯއެފްގެ އެކައުންޓުންނެވެ.

comment ކޮމެންޓް