ފުރަތަމަ ޝޯއާ އެކު ވެސް "ސިމްބާ" އަށް ތައުރީފް!

ސިމްބާގެ ލީޑުން ފެނިގެންދާ ރަންވީރް އާއި ސާރާ.....

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ސިމްބާ" އިއްޔެ ރިލީޒްކުރި އިރު ފުރަތަމަ ޝޯ އަށް ވެސް އެތައް ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.

ފުރަތަމަ ޝޯ ސިނަމާތަކުގައި ދެއްކި އިރު އެ ފިލްމު ބެލި ގިނަ ކްރިޓިކުން ވެސް އަންނަނީ ފިލްމަކީ މޮޅު ފިލްމެއް ކަމަށް ބުނެ ތައުރީފްގެ ބަސްތައް އަތުރަމުންނެވެ.

މަޝްހޫރު ފިލްމު ކްރިޓިކެއް ކަމަށްވާ ތަރަން އަދާޝް "ސިމްބާ" ބެލުމަށް ފަހު ބުނީ، ރޯހިތު ވަނީ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ މޮޅުކަން ދައްކާލާފައި ކަމަށާއި އެ ފިލްމަކީ ވަރަށް ހިނގާނެ ފުރިހަމަ ފިލްމެއް ކަމަށެވެ.

އޭގެ އިތުރުން އެ ފިލްމުގައި ރަންވީރް ސިންގް ކުޅެފައިވާ ފުލުސް މީހާގެެ ރޯލަށް އޭނާ ސާބަސް ދީފައިވާއިރު ބަތަލާ ސާރާ އަލީ ހާންގެ ރޯލު ވެސް ވަރަށް ފުރިހަމަޔަށް ދައްކުވައިދީފައިވާ ކަމަށް ތަރަން ބުންޏެވެ.

"ސިމްބާ" ބެލުމަށް ފަހު ގިނަ ފިލްމީ ކްރިޓިކުނާއި އާންމުން ތައުރީފް ކުރަމުން އަންނަ އިރު އެ ފިލްމަކީ މި އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެެއް ފިލްމަށް ވާނެ ކަމަށް އެންމެން ވެސް ބުނެ އެވެ. އަދި ފިލްމަށް 100 ކުރޯޑު ރުޕީސްގެ އާމްދަނީއެއް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ގިނަ ކްރިޓިކުން އިއްތިފާގުވެ އެވެ.

އެ ފިލްމަކީ 80 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް