"ހުވާ"ގެ ލަވަތަކުގެ މައިޓޯން މިހާރު ލިބެން ހުންނާނެ!

"ހުވާ"ގެ މަންޒަރެއް....

ދިވެހި ވެބް ސީރީޒް "ހުވާ"ގެ ލަވަތަކުގެ މައިޓޯންތައް މިހާރި ލިބެން ހުންނާނެ ކަމަށް އެ ސީރީޒްގެ ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ނަހޫ ބުނީ، އެ ސީރީޒްގެ ތީމް ލަވަ އަޑުއަހާލަން ބޭނުން ވެގެން ވަރަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށާއި އަންނަ މަހުގެ ކުރީ ކޮޅު އެ ލަވައިގެ އޯޑިއޯ ރިލީޒްކުރާން "ބައިސްކޯފު" އެޕުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހުވާ"ގެ މަންޒަރެއް....

އެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ. އާދަމް ހަލީމް ލިރިކްސް ތައްޔާރުކޮށްދީފައިވާ އެ ލަވައިގެ ކަޑިތައް ވެސް މިހާރު މައިޓޯން އިން ލިބެން ހުންނާނެއެވެ.

ކުޑަ އިއްބެ ކިޔާފައިވާ ލަވަ...

* ހުވާ ތީމް 1: 37554

* ހުވާ ތީމް 2: 37555

* ހުވާ ތީމް 3: 37556

"ހުވާ"ގެ ލަވަ ތަކުގެ މައިޓޯން ތައް....

އެ ސީރީޒްގައި ދެން ހިމެނޭ ލަވަ "މިވާގޮތޭ" ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހީމް އެވެ.

އަޝްފާ އަދި ޝަލިބީ ކިޔާފައިވާ ލަވަ...

* މިވާގޮތޭ 1: 37557

* މިވާގޮތޭ 2: 37558

* މިވާގޮތޭ 3: 37559

* މިވާގޮތޭ 4: 37560

"ހުވާ"ގެ މަންޒަރެއް....

ޖުމްލަ 80 އަށް ވުރެ ގިނަ އެޕިސޯޑަށް ދެމިގެންދާނެ "ހުވާ" އާ ބެހޭ ގޮތުން ނަހޫ ބުނީ، ކޮންމެ ހަފްތާއެއްގެ ދެ ރެއްގައި އާ އެޕިސޯޑެއް ދައްކާއިރު ވެސް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. މިހާރު "ހުވާ" ގެ ނުވަ އެޕިސޯޑެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފިއެވެ.

"ވަރަށް ތަރުހީބު ބޮޑުކޮށް އުޅެނީ، ކޮންމެ އާ އެޕިސޯޑެއް ދައްކާ ރޭ ވެސް އެޕަށް އެތައް ހާސް ވަޔަކު އެއްވަގުތެއްގަ ވަދޭ،" ނަހޫ ބުންޏެވެ.

ނަހޫ ބުނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަސައްކަތް ފެށި "ހުވާ"ގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިންމާލެވިއްޖެ ކަމަށެވެ.

"ހުވާ"ގެ މަންޒަރެއް....

ކ. ގުރައިދޫ އާއި މާލޭގެ އިތުރުން ވިލިމާލޭގައި މަންޒަރުތައް ނަގާފައިވާ އެ ސީރީޒުން ޖުމްލަ ސާޅީހަށް ވުރެއް ގިނަ ކާސްޓުން ފެންނާނެއެވެ.

"ހުވާ"ގެ ކޮންމެ އެޕިސޯޑެއް ވެސް ނިމިގެންދަނީ ބެލުންތެރިން ހިތް ނުތަނަވަސް ކޮށްލާ ފަދަ ހާދިސާތަކަކުންނެވެ. ކުރިޔަށް ހުރި އެޕިސޯޑުތައް ވެސް ފުރިހަމަ ވެފައި ޝައުގުވެރިވާނެ ކަމުގެ ޔަގީންކަން ނަހޫ ދެއެވެ.

comment ކޮމެންޓް