ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންފި

ރައީސް ސޯލިހު ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނު އުފަންވެވަޑައިގެންނެވި ރަށްކަމުގައިވާ ޅ. ހިންނަވަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ރ. އަތޮޅު ދުވާފަރަށާއި ނ. އަތޮޅު ހެނބަދޫއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ކުރެއްވި ނުރަސްމީ ޒިޔާރަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރ. އަތޮޅު ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު މާދަމާ ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް