އެޕާޓްމެންޓު ފަދަ ތަންތަން ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ހަދަނީ

މާލޭގެ އިމާރާތްތައް --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ހިޔާވަހި ކަމަށް އެޕާޓްމެންޓުތަކާއި އެހެނިހެން ތަންތަން ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވޮލޮޕްމެންޓުން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހިޔާވަހި ކަމަށް އިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ޑްރާފްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ހައުސިންގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެފަދަ ގާނޫނެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ އިރު ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވެހިކަން ލިބޭނެ ގޮތްތައް ހޯދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ބޮޑުވުމަކީ ކުއްޔަށް ހިފާ ފަރާތްތަކުން ޝަކުވާ ކުރާ ކަމެކެވެ. ކުލި ވަކި މިންވަރެއްގައި ހިފެހެއްޓޭނެ އެއްވެސް ގާނޫނެއް މީގެ ކުރިން އެކުލަވާލާފައި ނެތުމުން ކުށްޔަށް ދޫކުރާ ފަރާތްތަކުން އެކަން ކުރަނީ އުސޫލެއްގެ ދަށުންނެއް ނޫނެވެ.

comment ކޮމެންޓް