އާމިރު އާއި އަޅުވާ ކިޔަސް ފާތިމާއަށް ހެޔޮ!

އާމިރު ޚާނާއި ފާތިމާ ސަނާ ޝޭޚް--

އާމިރު ޚާން އާއި އަޅުވާ ކިޔަސް ކުރެވޭނެ ކަމެއް ނެތް ކަމަށާއި އެހެންކަމުން މިހާރު އެކަމާ އަޅާނުލާކަމަށް ފިލްމު 'ދަންގަލް' އިން މަޝްހޫރު ވެގެން ދިޔަ ބަތަލާ ފާތިމާ ސަނާ ޝެއިޚް ބުނެފިއެވެ.

'ދަންގަލް' އަށްފަހު އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަތައް ދެކެވެން ފެށިއެވެ. އަދި މި އަހަރު ރިލީޒްކުރި އާމިރުގެ 'ތަގްސް އޮފް ހިންދުސްތާން' އިން ފާތިމާއަށް ފުރުސަތު ދިނުމުގެ ސަބަަބުން އެ ވާހަތައް މާ ބޮޑަށް ވައިގައި ހިފައިލިއެވެ.

ފާތިމާ ބުނީ މީގެ ކުރިން އެފަދަ ރިޕޯޓުތައް ނޫސްތަކުން ފެނުމުން އޭނާއަށް އުނދަގޫވި ކަމަށެވެ. އަދި އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން އޮޅުންފިލުވައިދޭން ބޭނުންވި ކަމަށެވެ.

"އެކަމަކު މިހާރު އަހަރެން ނުދެކެން ހަގީގަތް އޮޅުންފިލުވައިދިނުމަކީ އަހަރެން ކުރަން ޖެހޭނެ ކަމެއް ކަމަކަށް. އެއީ ކަމެއް ވިޔަސް ނުވިޔަސް މީހުން ވާހަކަ ދައްކާނެ. އެކަމެއް ނުހުއްޓުވޭނެ"، ފާތިމާ ބުންޏެވެ.

އެހެންކަމުން އޭނާ އާއި ގުޅުވައިގެން މިހާރު ކޮންމެ ވާހަކައެއް ދެކެވުނަސް އެކަމާ މާބޮޑަށް އަޅާނުލާ ކަމަށް ފާތިމާ ބުންޏެވެ.

comment ކޮމެންޓް