"އަންދާޒް އަޕްނާ އަޕްނާ"ގެ ސީކުއެލްގައި ރަންވީރު!

ރަންވީރް ސިންގް...

ރާޖްކުމާރު ސަންތޯޝީ ޕްރޮޑިއުސް ކުރަން ނިންމާފައިވާ ކުރީގެ މަޝްހޫރު ހިންދީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގެ ދެވަނަ ބައިގައި މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް އެކްޓަރު ރަންވީރު ސިންގް ފެންނިދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

ރަންވީރު ޓްވީޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "އަންދާޒް އަޕްނާ އަޕްނާ" ގެ ދެވަނަ ބައި ފެނުން ގާތް ކަމަށެވެ. އަދި އެ ގޮތަށް ޓްވީޓް ކޮށްފައި އޮތުމުން އޭނާގެ ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހެއްވާލާނެ ހާއްސަ ފިލްމަކުން އޭނާ ފެންނާނެ ކަމަށާއި އެއީ "އަންދާޒް އަޕްނާ އަޕްނާ 2" ކަމަށް ރަންވީރު ބުންޏެވެ.

"އަންދާޒް އަޕްނާ އަޕްނާ"ގެ ޕޯސްޓަރެއް...

ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ކުރިން އެ ފިލްމުން ފެންނާނެ ކަމަށް ބުނީ، ސުޝާންތް ސިންގް ރާޖްޕޫތު އެވެ.

"އަންދާޒް އަޕްނާ އަޕްނާ" އިން ސަލްމާން ހާނާއި އާމިރް ހާންގެ އިތުރުން ކަރިޝްމާ ކަޕޫރު އަދި ރަވީނާ ޓަންޑަން ފަދަ ތަރިން ފެނުނެވެ. އެ ފިލްމުގެ ސީކުއެލް އެއް ގެނެސްދޭނެ ނިންމި ނަމަވެސް ރަންވީރު އެ ފިލްމުގައި ފެންނާނީ ކާކުގެ ރޯލަކުން ކަމެއް އަދި ނޭނގެއެވެ.

ފިލްމުގެ ކާސްޓުން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވާއިރު އެ ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަދި ކޮން އަހަރަކު ކަމެއް ވެސް ނޭނގެއެވެ.

comment ކޮމެންޓް