ދެމީހުންނާއެކު ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

ދެ މީހުންނާއެކު އއ. ތޮއްޑޫއިން ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ޑިންގީ ގެއްލިގެން އެމްއެންޑީއެފް ކޯސްޓު ގާޑަށް ރިޕޯޓު ލިބުނީ މިއަދު 13:03 ހާއިރު ކަމަށެވެ.

އެ ޑިންގީ މިހާރު އއ. އުކުޅަހަށް ވަދެފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

"މީހުންނާއެކު ސަލާމަތުން ޑިންގީ ވަނީ އުކުޅަހަށް ވަދެފައި. ރިޕޯޓު ކުރީ ޑިންގީގައި ތިބި މީހުންގެ ހަބަރެއް ނުވެގެން ލަސްވެގެން ކަމަށް އާއިލާ އިން ބުނޭ،" އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޑިންގީ އުކުޅަހަށް ވަނީ މިއަދު މެންދުރު 14:55 ހާއިރު ކަމަށެވެ.

comment ކޮމެންޓް