ކޭ ޕާކް ރެޒިޑެންސްގެ ސްޓްރަކްޗާ މަސައްކަތްތައް ނިންމާލައިފި

ކޭ ޕާކް ރެޒިޑެންސްގެ ސްޓްރަކްޗާ މަސައްކަތް ނިމިފައި -- ފޮޓޯ: ކޭ ޕާކް ރެޒިޑެންސް / ފޭސްބުކް

ކޮރެއާގެ ލަގްޒަރީ ރަހަތައް އެކުލެވޭގޮތަށް ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ ޕާކް މިކްސް ޔޫސް ރެޒިޑެންސްގެ ސްޓްރަކްޗާ މަސައްކަތްތައް ނިންމާލާފައިވާކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ހަމްބޯ ކޮމްޕެނީ އިން ބުނެފިއެވެ.

"ކޭ-ޕާކް ރެސިޑެންސް"ގެ ނަމުގައި ހުޅުމާލޭ ޕްލޮޓް ނަންބަރު 10906"ގައި އިމާރާތްކުރާ 14 ބުރީގެ މި އިމާރާތުގެ މަސައްކަތް ލޯންޗުކޮށްފައިވަނީ 2016 ނޮވެމްބަރު މަހުއެވެ. އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުއެވެ.

މި އިމާރާތުގައި ޖުމްލަ 110 އެޕާޓްމެންޓް ހުންނާނެއެވެ. އޭގެ ތެރޭގައި 1276.4 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓާއި، 1522 އަކަފޫޓުގެ 1+3 ކޮޓަރީގެ އެޕާޓްމެންޓު، 1307.1 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމެންޓު އަދި 1484.7 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމެންޓުތައް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ޖުމްލަ 11 އެޕާޓްމެންޓާއި 1+2 ކޮޓަރީގެ 22 އެޕަޓްމެންޓު އަދި 1+3 ގެ 77 އެޕާޓްމެންޓެވެ.

https://sun.mv/108360

"ކޭ-ޕާކް ރެސިޑެންސް"ގެ އެޕާޓްމަންޓުތައް އިމާރާތްކުރަނީ ޗައިނާގެ ޝީޖިއާ ގްރޫޕާ ހަވާލުކޮށްގެންނެވެ. ހުޅުމާލޭގެ ހިތްގައިމު މަންޒަރުތައް ފެންނާނެ ސަރަހައްދެއްގައި އަޅާ މި އިމާރާތުގައި ސްވިމިންޕޫލާއި ކެފެޓީރިއާ އަދި ކުޑަކުދިން ކުޅޭ ސަރަހައްދުވެސް ހިމަނާފައިވެއެވެ. މި އިމާރާތް ހުންނާނީ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.

ކޭ ޕާކް ރެސިޑެންސް ގެ ޕަބްލިކް އިލެކްޓްރިކް ކޮންސަޕްޝަންއަށް ކަރަންޓު ހިދުމަތް ދިނުމަށް ސެލްފް ސޯލާ ޖެނެރޭޝަން ސިސްޓަމްތަކެއް ގާއިމް ކުރާއިރު، މި ލަގްޒަރީ އެޕާޓްމެންޓުތަކުގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހިމަނާފައި ހުންނާނެއެވެ. އެގޮތުން ލަގްޒަރީ ވޯޑްރޯބްސް، ޓީވީ، ދޮންނަމެޝިން، އައިސް އަލަމާރި، ސްމާޓް އަވަން، ކިޗަން ކެބިނެޓް ފަދަ ވަސީލަތްތައް އެޕާޓްމެންޓު ތަކުގައި ހުންނާނެއެވެ.

ކޭ ޕާކް ރެޒިޑެންސް އަކީ ހުޅުމާލޭގައި އިމާރާތްކުރާ ލަގްޒަރީ އެޕާޓްމެންޓުތަކުގެ ތެރެއިން އެންމެ ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންދާ އެއް އިމާރާތެވެ.

comment ކޮމެންޓް