ހަށިވިއްކި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ޏ. ފުވައްމުލައް

ހަށިވިއްކި ކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރުކޮށްފައި ވަނީ 18 އަހަރުން މަތީގެ ދެ ފިރިހެނަކާއި އަންހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ހަށިވިއްކި މީހެއްގެ އަދަބަކީ ހަތް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެމެވެ. އަދި ވިއްކުވުމާއި އެކަން ކުރަން އެހީތެރިވެދިނުމާއި އެކަމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ހަތް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް