ފުލުހުންގެ ތަރުޖަމާނަކަށް އިޒްމިއާ ހަމަޖައްސައިފި

ފުލުހުންގެ ތަރުޖަމާނަކަށް ހަމަޖެއްސެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރާއިއެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު --

ފުލުހުންގެ ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ހަމަޖައްސައިފި އެވެ.

އިޒމިއާ އެ މަގާމަށް އައްޔަން ކުރެވުމާއެކު އެނާ ވެގެން ދަނީ ފުލުހުންގެ މުއަސަސާގެ ފުރަތަމަ އަންހެން ތަރުޖަމާނަށެވެ.

އިޒްމިއާ އެ މަގާމަށް ހަމަޖައްސަވާ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އަށް ފުރަތަމަ އަންހެން ތަރުޖަމާނު ހަމަޖައްސާފައިވާ ކަމަށާއި ބޭނުމަކީ ކުރިއަށް ވުރެ ބޮޑަށް މީޑިއާ އާއި އާއްމުންނާ ވީހާ ވެސް ރަނގަޅު ގުޅުމެއް ބޭއްވުން ކަމަށެވެ.

އިޒްމީއާ ވަނީ ސިންގަޕޫރު ނޭޝަނަލް ޕޮލިސް އެކަޑެމީން ޑިގްރީ އަދި އޮސްޓްރޭލިއާގައި ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

ފުލުހުންގެ ތަރުޖަމާނަކަށް މީގެ ކުރިން ހުންނެވީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް