އަންކިތާ ވެސް ކައިވެންޏަށް ތައްޔާރުވަނީ؟

ޓީވީ ސީރީޒް 'ޕަވިއްތުރަ ރިޝްތާ' އިން މަގުބޫލުކަން ހޯދި ބަތަލާ އަންކިތާ ލޮކަންޑޭ އާއި ލޯބިވެރިޔާ ވިކީ ޖެއިން އަންނަ އަހަރު ކައިވެނި ކުރަން އުޅޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.

އަންކިތާ މުމްބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ ވިކީ އާއި ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަދި ކުޅަދާނަ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތު އާއި ވަކިވުމަށް ފަހު އެވެ.

ދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށް ހަފްލާތަކުގައި އެކުގައި ބައިވެރިވަމުން ދިޔަ ނަމަވެސް، ގުޅުމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އަންކިތާ އާއި ވިކީގެ ގުޅުމުގެ ވާހަކަ ބުނެފައި ވަނީ ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިން ގާތު އެކަންނެވެ. އަދި ދެމީހުން ވެސް އެކަކު އަނެކަކުގެ އާއިލާ އާއެކު ވަގުތު ހޭދަކޮށް ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓުގައިވެ އެވެ. އަންކިތާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ފިލްމު، 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. ކަންގަނާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި އަންކިތާ އަދާކުރާނީ ސަޕޯޓިން ރޯލެކެވެ.

comment ކޮމެންޓް