މަންތާ އެއާގެ ދެވަނަ ބޯޓު ރާއްޖެ އަތުވެއްޖެ

މިއަދު ރާއްޖެ އައި މަންތާ އެއާގެ ދެވަނަ އެއާކްރާފްޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ މަންތާ އެއާ

އަލަށް ޚިދުމަތް ދޭން ތައްޔާރުވެފައިވާ ރާއްޖޭގެ އާ ޑޮމެސްޓިކް އެއާލައިން މަންތާ އެއާގެ ދެވަނަ އެއާކްރާފްޓު ރާއްޖެ އައިސް، އެ އެއާލައިނުގެ ފްލީޓާ ގުޅިއްޖެއެވެ.

މަންތާ އެއާގެ ދެވަނަ އޭޓީއާރު 600-72 މަރުކާގެ އެއާކްރާފްޓު މިއަދު ރާއްޖެ އައީ އޮމާނުގެ މަސްކަޓް މަގުންނެވެ.

މި އެއަކްރާފްޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެ އެއާލައިނުގެ ފުރަތަމަ ބޯޓު ރާއްޖެ ގެނައީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

https://sun.mv/111508

އަދި ނޮވެމްބަރު 22 ވަނަ ދުވަހު އެ އެއަލައިން ރަސްމީކޮށް ލޯންޗުކުރިއެވެ.

މަންތާގެ ދަތުރުތައް ފުރަތަމަ ފަށާނީ ދ. ކުޑަހުވަދޫ އަށެެވެ. އޭއަށްފަހު ބ. ދަރަވަންދޫ އަށް ދަތުުރު ފަށާނެ ކަމަށާއި ތިމަރަފުށީ އެއާޕޯޓަށްވެސް ދަތުރު ފަށާނެ ކަމަށް މަންތާ އިން ބުންޏެވެ. އަދި ތިންވަނަ އެއާކްރާފްޓެއްވެސް ގެނެސް، ރާއްޖޭގެ އިތުރު މަންޒިލުތަކަށް ދަތުރު ފުޅާކުރުމަށް ރާވާފައިވެއެވެ.

https://sun.mv/112024

"އަޅުގަނޑުމެން އިތުރު ޑެސްޓިނޭޝަންތަކެއް އެޑެއް ނުކުރާނަން ކެޕޭސިޓީ ބިލްޑް ކުރަމުންދާ ވަރަކުން ނޫނީ. މިހާރު [އެއާލައިން ތަކަށް] ދިމާވާ މައްސަލައަކީ ކެޕޭސިޓީ ނެތްނަމަވެސް ކޮންޓްރެކްޓަށް [ޑެސްޓިނޭޝަންތައް] ނަގަމުން ދިޔުން. އަޅުގަނޑުމެންނަށް ކުރެވޭވަރަކުން އެކްސްޕެންޑް ކުރަމުންދާނީ،" މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް މީގެ ކުރިން ވިދާޅުވިއެވެ.

https://sun.mv/111511

މަންތާ އެއާގެ ބޯޓުތަކުގައި ހުންނަނީ "ސެފަޔާ" އަދި "ކޮމްފޯޓް" ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ.

މަންތާ އެއާއިން ބުނި ގޮތުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބުމާއެކު އެތެރޭގެ އުދުހުންތައް ފެށުމަށް އެ އެއާލައިން މިހަރު އޮތީ ތައްޔާރަށެވެ.

comment ކޮމެންޓް