ސިމެންތި ބަސްތާ ވެއްޓި އަނިޔާވި ކުއްޖާ އެމަޖެންސީގައި އޮޕަރޭޝަންކުރަނީ

ކުޑަ ކުއްޖާގެ ބޮލަށް ވެއްޓުނު ސިމެންތި ބަސްތާ: އެ ބަސްތާ ކައިރީގައި އެ ކުއްޖާގެ އައިނު ވެއްޓިފައި-- ފޮޓޯ: ކިޔުންތެރިއެއް

މާލޭގައި ހަދަމުން ދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓުމުގެ ސަބަބުން އަނިޔާވި ކުޑަކުއްޖާގެ ސާޖަރީތަކެއް މިވަގުތު ހަދަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ އަނިޔާވި ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖާ އެމަޖެންސީކޮށް ސާޖަރީތަކެއް މިހާރު ހަދަމުންދާ ކަމަށާއި، އެކުއްޖާ މިހާރު ވަނީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމަޖެންސީގައި ހާލަތުގައި އަވަހަށް އޮޕަރޭޝަނަށް ގެންދިއުމުގެ ސަބަބުން އެކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލުތައް ޑޮކްޓަރުންގެ ފަރާތުން އަދި ނުލިބޭ ކަމަށެވެ.

https://sun.mv/112983

މި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު، ފެންނަނީ ސިމެންތި ބަސްތާ އެކުއްޖާގެ ބޯމައްޗަށް ވެއްޓޭ މަންޒަރެވެ.

ކުޑަކުއްޖާ ސިމެންތި ބަސްތާ ދަށުވެފައި އޮތްކަން އެންމެ ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި އުޅުނު ކޮންސްޓްރަކްޝަން ވޯކަރަކަށް ކަމަށް ވީޑިއޯއިން ފެނެއެވެ. އަދި އެސަރަހައްދުން ދިޔަ ދިވެހީންތަކެއް ވަނީ އެ ކުއްޖާ ކޮނޑަށް އަރުވައިގެން ގެންގޮސްފައެވެ.

comment ކޮމެންޓް