"ސިމްބާ"ގެ "ތެރޭ ބިން" ލަަވަ އާންމުކޮށްފި

"ތެރޭ ބިން" ލަވައިގެ ޕޯސްޓަރެއް....

މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިލްމު "ސިމްބާ"ގެ އިތުރު ލަވަ އެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

މިފަހަރު ދައްކާލީ އެ ފިލްމުގެ "ތެރޭ ބިން" އެވެ. އެ ލަވަ ޔޫޓިއުބްގައި އާންމުކުރުމާ އެކު ގިނަ ބަޔެއްގެ ތަރުހީބު އެ ލަވަ އަށް އަންނަނީ ލިބެމުންނެވެ.

"ތެރޭ ބިން" ޔޫޓިއުބްގައި އާންމުކުރިތާ ތިން ދުވަސް ތެރޭ މިހާތަނަށް 13.2 މިލިއަނަށް ވުރެ ގިނަ މީހުން އެލަވަ ވަނީ ބަލައިފަ އެވެ.

"ތެރޭ ބިން" ލަވަ....

ސްވިޒަލޭންޑްގައި މަންޒަރުތައް ނަގާފައިވާ އެ ލަވަ އިން ފެންނަނީ "ސިމްބާ"ގެ ލީޑު ދެތަރިން ކަމަށްވާ ސާރާ އަލީ ހާން އާއި ރަންވީރް ސިންގް އެވެ. މީގެ ކުރިން ވަނީ އެ ފިލްމުގެ ލަވައެއް ބެލުންތެރިންނަށް ދައްކާލައިފަ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ "ސިމްބާ" ރަންވީރު ފެނިގެންދާނީ ފުލުހުހެއްގެ ރޯލުންނެވެ. އެ ފިލްމު ވާނީ ސާރާ ސްކްރީނުން ފެންނާނެ ދެވަނަ ފިލްމަށެވެ.

ފިލްމު ސްކްރީނަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް