މަޓާޓޯއިން އަންނަ އަހަރު 19 ފެއާއެއްގައި ބައިވެރިވަނީ

މީގެ ކުރިން މަޓާޓޯޢިން ބައިވެރިވި ޓްރެވަލް ފެއާއެއް --- ފޮޓޯ/ މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ)އިން 2019 ވަނަ އަހަރު ބޭރުގެ 19 ޓްރެވަލް ފެއާއެއްގައި ބައިވެރިވާން ނިންމާފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

މަޓާޓޯއިން ބުނި ގޮތުގައި އަންނަ އަހަރުގެ އެންމެ ފުރަތަމަ ފެއާއަކީ ޖެނުއަރީ މަހު އިންޑިއާގެ ނިއުދިއްލީގައި އޮންނަ ބިޒްނަސް އެންޑް ލަގްޒަރީ ޓްރެވަލް މާޓާއި ފިންލެންޑުގެ ހެލްސިންކީގައި އޮންނަ މަޓްކާ ނޯޑިކް ޓްރެވަލް ފެއާއެވެ.

ފެބްރުއަރީ މަހު މެދު އިރުމަތީގައި އޮންނަ އޯޓީއާރު މިޑްލް އީސްޓް ރޯޑްޝޯގައި މަޓާޓޯއިން ބައިވެރިވާ އިރު، ހަމަ އެ މަހު ބެންގްކޮކްގައި އޮންނަ ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާއާއި ޗައިނާގައި އޮންނަ ގުއަންޖޯ އިންޓަނޭޝަނަލް ޓްރެވަލް ފެއާއާއި އޯޓީއާރު އިންޑިއާ ރޯޑްޝޯގައިވެސް މަޓާޓޯއިން ބައިވެރިވާނެއެވެ.

އަންނަ އަހަރު މަޓާޓޯއިން ބައިވެރިވާ އިތުރު ޝޯތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި ޔޫއޭއީގައި އޮންނަ ޓްރެވަލް ޓްރޭޑް ފެއާތަކާއި ޔޫކްރެއިން، ވިއެޓްނާމް، ފިލިޕީންސް، އަޒަރުބައިޖާން، ހޮންގްކޮންގް، އޮސްޓްރޭލިއާ، އެމެރިކާ އަދި ކަޒަކްސްތާންގައި އޮންނަ ފެއާތަކެއް ހިމެނެއެވެ.

މަޓާޓޯއިން ހާމަކޮށްފައިވާ ޓްރެވަލް ފެއާތަކުގެ ވަގުތީ ލިސްޓުގައިވާ ގޮތުން އިރު ދެކުނު އޭޝިއާގެ ގައުމުތަކުގައި އޯޓީއާރު ރޯޑް ޝޯއެއްވެސް އޮންނާނެއެވެ.

ޓޫރިޒަމް ދާއިރާގެ ޑެސްޓިނޭޝަން މާކެޓިންގް އަދި ޕްރޮމޯޝަނަލް އިވެންޓުތަކަށް ކަނޑައަޅާ ބަޖެޓު އަންނަ އަހަރަށް ވަނީ ތިން ގުނަ އިތުރުކޮށްފައެވެ.

comment ކޮމެންޓް