ކެޓްރީނާގެ "ހުސްނު ޕަރުޗަމް" ވައިގަ ހިފާލައިފި!

"ހުސްނު ޕަރުޗަމް"ގެ ޕޯސްޓަރެއްގައި ކެޓްރީނާ....

މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ބޮލީވުޑް ފިލްމު "ޒީރޯ" ގެ އިތުރު ވީޑިއޯ ލަވަ އެއް އިއްޔެ މިވަނީ ރިލީޒްކޮށްފައެވެ. އެ ލަވައިން ފެންނަނީ ފިލްމުގެ އެއް ލީޑު ކާސްޓު ކަމަށްވާ ކެޓްރީނާ ކައިފްގެ ފަރި ހަރަކާތްތަކެވެ.

އެ ލަވަ އަކީ "ހުސްނު ޕަރުޗަމް" އެވެ. ޔޫޓިއުބަށް ލަވަ އާންމުކުރިތާ 24 ގަޑި އިރު ނުވަނީސް ލަވަ އަށް ތަރުހީބު ބޮޑުވެ ރަނގަޅަށް ވެސް ވައިގަ ހިފާލައިފިއެވެ.

"ހުސްނު ޕަރުޗަމް" ލަވަ....

"ހުސްނު ޕަރުޗަމް" ބެލުންތެރިންނަށް ދޫކޮށްލިތާ އެއް ދުވަސް ތެރޭ 10.5 މިލިއަން މީހުން އެކަނި ޔޫޓިއުބް މެދުވެރިކޮށް ވެސް އެ ލަވަ ބަލައިފިއެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ "ޒީރޯ" ރިލީޒްކުރަން ކުޑަތަން ވަމުން އަންނަ އިރު އެ ފިލްމުގެ ޓީމުން އަންނީ ފިލްމުގެ ޕްރޮމޯޝަންތައް ފުރިހަމަޔަށް ޖައްސަމުންނެވެ.

ކެޓްރީނާގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ އަނުޝްކާ ޝަރްމާ އާއި ޝާހްރުކް ހާނެވެ. "ޒީރޯ"ގެ ޓްރެއިލާ ވަނީ ޝާހުގެ އުފަންދުވަހު ބެލުންތެރިންނަށް ދައްކާލާފައެވެ.

comment ކޮމެންޓް