ކުރެއްދޫ ރިސޯޓްގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިފި

ޅ. އަތޮޅުގައި ހިންގަމުން އަންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ގިފްޓް ޝޮޕުގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ރިސޯޓްގެ ގިފްޓް ޝޮޕްގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 12:48ގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެ ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ ފަތިހު 04:00 ހާއިރު އެވެ.

އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނު އިރު، އަލިފާން ރޯވި ގުދަނާއި ގުދަނުގައި ހުރި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް