ޝާހިދަށް ކެންސަރެއް ނުޖެހޭ!

ޝާހިދު ކަޕޫރު...

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރަށް ބަނޑުގެ ކެންސަރު ޖެހުނު ކަމަށް ބުނެ ފެތުރުން ހަބަރާއެކު އޭނާގެ ފޭނުން ތިބީ ހިތްދަތިކަމެއްގެ ތެރޭގައެވެ.

އެހެން ނަމަވެސް ޝާހިދު ވަނީ އޭނާ އަށް ކެންސަރު ޖެހުން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފައެވެ.

ޝާހިދު ކުރި ޓްވީޓެއްގައި އޭނާ ވަނީ މީހުން ދައްކަމުން އަންނަ ވާހަކަތައް ގަބޫލު ނުކުރުމަށް އެދިފައެވެ. އަދި އޭނާގެ ހާލު ވަރަށް ރަނގަޅު ކަމަށް އެ ޓްވީޓް ގައި ބުނެފައިވެއެވެ.

ޝާހިދުގެ ފިލްމުތަކެއް ކުރިޔަށް އެބަ ހުއްޓެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "އަރްޖުން ރެއްޑީ"ގެ ހިންދީ ރީމޭކް "ކަބީރް ސިންގް" އިންނެވެ.

ޝާހިދު އެންމެ ފަހުން ފެނިގެންދިޔައީ "ބައްތީ ގުލް މީޓަރު ޗާލޫ" އިންނެވެ.

comment ކޮމެންޓް