މީރާގެ ކަލެކްޝަން ސެންޓަރެއް ނައިފަރުގައި ހުޅުވައިފި

ނައިފަރުގައި ހުޅުވި މީރާގެ އޮފީހުން މީހަކު ހިދުމަތް ލިބިގަންނަނީ --

ޅ. ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މީރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނައިފަރު ކަލެކްޝަން ސެންޓަރުގެ ސަބަބުން ނައިފަރާއި ޅ. އަތޮޅުގައި ދިރިއުޅުއްވާ ފަރާތްތަކަށް މީރާގެ ޚިދުމަތް ފަސޭހަކަމާ އެކު ގާތުން ލިބޭނޭ މަގު ފަހިވެގެން ދާނެ ކަމަށެވެ.

އަދި ބުނީ ޅ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތުގައި ގާއިމުކޮށްފައިވާ އެ އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށެވެ.

އެ ގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ޓެކުހުގެ ފައިސާ އާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުން ހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައިވާނެ ކަމަށެވެ.

މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ގާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުން ކަމަށް ވެސް މީރާ އިން ބުންޏެވެ.

comment ކޮމެންޓް