ރައީސް ސޯލިހު ފެރިދޫއަށް ވަޑައިގެންފި

ރައީސް ސޯލިހު އއ. ފެރިދޫގައި --- ސަން ފޮޓޯ/ މުއާވިއަތު އަންވަރު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އއ. ފެރިދޫއަށް ވަޑައިގެންފިއެވެ.

ރައީސް ފެރިދޫއަށް ވަޑައިގަތް އެ ރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

އއ. އަތޮޅަށް ރައީސް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު އުކުޅަހަށެވެ.

އުކުޅަހަށް ވަޑައިގަތް ރައީސް ވިދާޅުވީ، އެ ދަތުރުފުޅަކީ އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ގޮތުން ފެއްޓެވި ދަތުރުފުޅެއް ކަމަށެވެ.

އެގޮތުން އުކުޅަހުން އެ ދަތުރުފުޅު ފެއްޓެވިއިރު ދެވަނަ ރަށެއްގެ ގޮތުގައި ވަޑައިގަތީ ފެރިދޫއަށެވެ. އަދި ދެން ވަޑައިގަންނަވާނީ ރިޔާސީ އިންތިހާބޔގެ ކެމްޕެއިންގައި ނުދެވޭ ރަށްތަކަށް އިސްކަން ދީގެން ކަމަށްވެސް ވިދާޅުވިއެވެ.

އެއް ދުވަހުގެ މި ދަތުރުފުޅުގައި ފެރިދޫއިން ދެން އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނީ މާލެއަށެވެ.

comment ކޮމެންޓް