އުކުޅަހު ކައުންސިލްގެ ވެބްސައިޓު ރައީސް އިފްތިތާހު ކޮށްދެއްވައިފި

އުކުޅަހު ކައުންސިލްގެ ވެބްސައިޓު ރައީސް އިފްތިތާހު ކުރައްވަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

އުކުޅަހުން: މުއާވިއަތު އަންވަރު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އއ. އުކުޅަހު ކައުންސިލްގެ ވެބްސައިޓު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ކައުންސިލްގެ ވެބްސައިޓު ރައީސް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެމަނިކުފާނު އުކުޅަހަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

ވެބަސައިޓުން އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި ރަށާ ގުޅޭ އެހެނިހެން މައުލޫމާތު ލިބެން ހުންނާނެ ކަމަށް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި ރަށުގެ ހުރިހާ ކަހަލަ ހުރިހާ ކަމެއް ކައުންސިލްގެ ވެބްސައިޓުން ބެލޭނެ، ފެންނާނެ އަދި އެތަންތަނަށް އެކްސަސް ވެސް ވެވޭނެ،" ޝައުކަތު ވިދާޅުވި އެވެ.

އަރި އަތޮޅުު އިތުރުބުރީގެ ދެ ރަށަކަށް ރައީސް މިއަދު ފައްޓަވާފައިވާ ދަތުރުގައި އެންމެ ފުރަތަމަ މިއަދު ވަޑައިގަތީ އުކުޅަހަށެވެ. އަދި މެންދުރު ފަހު ފެރިދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް