ރައީސް ސޯލިހު އަލިފު އަތޮޅަށް ފުރާވަޑައިގެންފި

ރައީސް މީގެ ކުރިން ގިރިފުއްޓަށް ކުރެއްވި ދަތުރުގެ ތެރެއިން: ރައީސް މިއަދު ވަނީ އުކުޅަހަށް ފުރުވާވަޑައިގެންފައި --- ފޮޓޯ: ރައީސް އޮފީސް

އުކުޅަހުން: މުއާވިއަތު އަންވަރު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު އަރި އަތޮޅު އުތުރުުބުރީގެ އުކުޅަހަށާއި ފެރިދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް އުކުޅަހަށް ވަޑައިގަންނަވަނީ މިއަދު ފާހަގަ ކުރާ ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާއި މަސްވެރިންގެ ދުވަހުގެ މުނާސްބަތުގައި ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ. އަދި އުކުޅަހުގެ މުއައްސަސާތަކަށް ވަޑައިގެން އެ ރަށު ކައުންސިލްގެ ވެބްސައިޓް އިފްތިތާހު ކޮށްދެއްވުމަށް ވެސް ވަނީ ހަމަ ޖެހިފަ އެވެ.

އެއް ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް އެ ރަށުގެ ވިޔަފާރީ ވެރިންނާއި މަސްވެރިންގެ ތެރެއިން އިސް ފަރާތްތަކާ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަ ޖެހިފަ އެވެ.

އުކުޅަހަށް ފަހު ދެން ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ފެރިދޫ އަށެވެ.

ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ މިދިޔަ ހަފްތާގައި ކ. ދިއްފުއްޓަށެވެ. އަދި މީހުން އުޅޭ ރަށްތަކުގެ ތެރެއިން ދެ ވަނަ ރަށެއްގެ ގޮތުގައި ރައީސް ވަޑައިގަންނަވަނީ އުކުޅަހަށެވެ.

ރައީސް އުކުޅަހަށް ވަޑައިގަންނަވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދިނުމަށް ނިންމާފައި ވަނީ އެ ރަށުގައި ބޭއްވި އެ ޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސްގަ އެވެ.

comment ކޮމެންޓް