ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހުރާ އިން މީހަކު ހައްޔަރުކޮށްފި

ކ. ހުރާ ---

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ކ. ހުރާ އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މައްސަލައިގެ ބާވަތުން އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް،" އޮފިޝަލް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު" ގައި ވަނީ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.

comment ކޮމެންޓް