"ހިޔަމަ"އަށް އަހަރެއް ފުރުން ފާހަގަކުރަމުން އެ ލަވައިގެ މޭކިން ދައްކާލައިފި

"ހިޔަމަ" ގެ ޕޯސްޓަރެއް...

ރާއްޖޭގެ އެންމެ މަޝްހޫރު މިއުޒިކް ބޭންޑު ތަކުގެ ތެރޭގައި ހިމެނޭ ޑިޓިއުން ބޭންޑުން މިހާތަނަށް ގެނެސްދީފައިވާ ލަވަ ތަކުގެ ތެރެއިން "ހިޔަމަ" އަކީ ހަމަ ޔަގީނުންވެސް ވައިގަ ހިފާލި ލަވައެކެވެ. އެ ލަވަ ނެރުނު ފަހުން މި މަހުގެ އަށްވަނަ ދުވަހަށް ފުރުނީ އަހަރެކެވެ.

"ހިޔަމަ" ލަވަ އަކީ ކ.ގުޅީގައި މަންޒަރުތައް ނަގާފައިވާ ވަރަށް ހިތް ގައިމު ލަވަ އެކެވެ. އެ ލަވައިން ފެނިގެން ގޮސްފައިވަނީވެސް އެ ބޭންޑުގައި ހިމެނޭ ހިތްވަރުގަދަ ފަސް ފަންނާނުންނެވެ.

ޑިޓިއުންގެ "ހިޔަމަ" ލަވަ....

އެ ލަވަ ސޯޝަލް މީޑިއާ އަދި ޔޫޓިއުބްގައި އާންމުކުރިތާ އަހަރެއް ވީއިރު އެ ލަވައިގެ މޭކިން މިހާރު މިވަނީ ޔޫޓިއުބްގައި އާންމުކޮށްފައެވެ. އެ ލަވައިގެ މަންޒަރުތައް ނެގުމަށް ކުރެވުނު މަސައްކަތް އެ ބޭންޑުގެ ތަރިން ވަނީ މޭކިންގައި ކިޔައިދީފައެވެ. އަދި ޝޫޓިންގެ މަޖާ ތަޖުރިބާތައް ވެސް ވަނީ ހިއްސާ ކޮށްފައެވެ.

"ހިޔަމަ" ލަަވައިގެ މޭކިން...

އެ ލަވަ އަކީ ދިވެހިންގެ ސަގާފަތް ވެސް ވަރަށް ފުރިހަމަޔަށް ދައްކައިދީފައިވާ ލަވަ އެކެވެ. އެ ލަވައަށް އަހަރެއް ވީއިރު ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ލަވަ ބަލާފައެވެ. މިހާތަނަށް އައިއިރު ތިން ލައްކަ އަށްޑިހަ ހަތަރު ހާހަށް ވުރެން ގިނަ ފަހަރު ވަނީ އެ ލަވަ ބަލާފައެވެ.

"ހިޔަމަ" ގެ އިތުރުން "ނަށާލާ" އާއި "އައްޗީ ޗީ ޗީ" އަކީ ޑިޓިއުން ބޭންޑުގެ ފާހަގަ ކޮށްލެވޭ އަދި އެހާމެ މަގުބޫލު ލަވަތަކެވެ.

comment ކޮމެންޓް