ބާލިދީއަށް ލާފައި އޮއްވާ ފެނުނު ކުއްޖާ ދައުލަތަަށް ނަގައިފި

ގދ.ވާދޫ: ސަން ފައިލް ފޮޓޯ

ވިހެއުމަށް ފަހު ބާލިދީއެއް ތެރެއަށް ލާފައި އޮއްވައި ގދ. ވާދޫ އިން ފެނުނު ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ކުއްޖާ އިއްޔެގެ ވަގުތެއްގައި ފިޔަވަތި މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފިޔަވައްޗަށް ބަދަލުކުރުމުގެ ކުރިން ހޮސްޕިޓަލުގައި ކުއްޖާ އޮތް ދުވަސްތަކުގައި ވެސް ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ޖެންޑާގެ ބެލުމުގެ ދަށުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ކުއްޖާއަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޖެންޑާގެ ބެލުމުގެ ދަށް ކުއްޖާ މިހާރު ވަނީ ނަގާފައި. އަޅުގަނޑު މެން މިހާރު ކުރިއަށް އެބަ ގެންދަން ކުއްޖާގެ އާއިލާގެ ތެރެއިން ކުއްޖާ ބަލަން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމަށް ޕްރީ އިންޓަގްރޭޑް މަރުހަލާ. އެއަށް ފަހު އެފަދަ މީހަކު ހުރި ނަމަ ރީ އިންޓަގްރޭޓް ކުރެވޭނެ، ނޫނީ ފޯސްޓަރިން އުސޫލުން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ނަގަން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމަށް ފަހު އެފަދަ ބަޔަކާ ހަވާލު ކުރާނަން،" ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

https://sun.mv/112177

މިދިޔަ މަހުގެ 26 ވަނަ ދުވަހު ވާދޫ އަންހެނަކު ވިހެއުމަށް ފަހު ކުއްޖާ ބާލިދީއަށް ލާފައި އޮއްވައި ފެނުނީ އެމީހާގެ އަވައްޓެރިއަކަށެވެ. އަންހެންމީހާ ކުރިން ކުރި ކައިވެންޏަށް ތިން ކުދިން ލިބިފައިވާ އިރު އޭނާ މިހާރު އުޅެނީ މީހަކާ އިނދެގެންނެއް ނޫނެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައިގެ ބާވަތުން އިތުރު އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ.

https://sun.mv/112183

ވާދޫ އިން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ އަންހެން މީހާ މިހާރު އުޅެނީ އޭނާގެ އަނެއް ތިން ދަރިންނާ އެކު މާލޭގައި ކަމަށާއި އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައި ނޫން ކަމަށެވެ.

comment ކޮމެންޓް