މިކާ ސިންގް ދޫކޮށްލައިފި

މިކާ ސިންގް....

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދުބާއީން ހައްޔަރުކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ދޫކޮށްލައިފިއެވެ.

އޭނާ ހައްރަޔުކުރީ ބްރެޒިލްގެ އުމުރުން 17 އަހަރުގެ މޮޑެލް އަކަށް ބޭއަދަބީ ފޮޓޯ ތަކެއް ފޮނުވި މައްސަލައެއް ފެންމަތި ވުމުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި މިކާ ދޫކޮށްލީ ފަހުގެ ތާރީހެއްގައި ކޯޓަށް ހާޒިރުވާން ޖެހޭ ގޮތަށެވެ.

މިކާ ހައްޔަރުކުރީ ޕްރައިވެޓް ޕާޓީއެއްގައި ޕާފޯމް ކުރަން ހުއްޓައެވެ.

މިކާ އެ އަންހެން ކުއްޖާއަށް ބަރަހަނާ ފޮޓޯ ފޮނުވުމުގެ އިތުރުން ބޮލީވުޑުން ފުރުސަތު ހޯދައިދޭނެ ކަމަށްބުނެ ޖިންސީ ގުޅުންތައް ހިންގަން މަސައްކަތް ކުރި ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފައެވެ.

comment ކޮމެންޓް