ބާވެފައިވާ މުސްހަފުތައް ބަލައިގަތުން މިއަދު 3 ޖަހަންދެން ކުރިއަށް ގެންދާނެ

ބާވެ ހަލާކުވެފައިވާ މުސްހަފުތައް ބަލައިގަތުން ކުރިއަށްދަނީ -- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ބާވެ ހަލާކުވެފައިވާ މުސްހަފުތައް ނައްތާލުމުގެ ގޮތުން އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ ޕްރޮގްރާމު މިއަދު ކުރިއަށް އެބަދެއެވެ.

އިސްލާމިކް އެފެއާޒުން ބުނީ މިއަދު ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން މުސްހަފުތައް ބަލައިގަންނާނީ މެންދުރުފަހު ތިނެއް ޖަހަންދެން ކަމަށެވެ. އަންނަ މަހުވެސް މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށް އިސްލާމިކް އެފެއާޒުން ބުންޏެވެ.

"ބާވެ، ހަލާކުވެފައިވާ މުސްހަފުތައް ނައްތާލަން ބޭނުންވާ ފަރާތްތަކުން މިއަދު ތިނެއް ޖެހުމުގެ ކުރިން އިސްލާމީ މަރުކަޒުގެ ލޮބީއަށް ވަޑައިގެން މުސްހަފުތައް ހަވާލުކޮށްދިނުން އެދެން،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެކިފަހަރު މަތިން އިސްލާމިކް އެފެއާޒުން ވަނީ ބާވެ ހަލާކުވެފައިވާ މުސްހަފުތައް އެއްކޮށް، ރައްކާތެރިކަމާއެކު ނައްތާލުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް