ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީ އެކްޓިވިސްޓް އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
އީވާކުރެއްވި ޓްވީޓްގައި ވިދާޅުވީ ހޯރަ އިއްބެ މިނިވަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން އޭނާއަށް "އޯކޭ" ނޫންކަމަށެވެ.
"ކުޑަކުދީން އެއްވެސް ހާލެއްގައި ޖިންސީ އަނިޔާއަށް ހުށައެޅުމަކީ ބަލައިގަނެވޭނެވަރުކަމެއް ނޫން. މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހިތި ހަނދާންތަކެއް ގެނުވައިފި،"
What has happened is not ok for me at all. I do not believe children under any circumstance can consent to sex.This has brought back painful memories for many of us.We know the gravity of the problem,& the urgent need for better systems of help, including for victims of the past. https://t.co/7JI57vytDh
— Eva Abdulla ????❓ (@evattey) December 7, 2018
އީވާ އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށާއި ހަރުދަނާ ނިޒާމެއް ގާއިމުކުރުން މުހިއްމު ކަމަށެވެ.
ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެކެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވީ ބާކީ ފަސް އަހަރު އޮއްވަ އެވެ.