އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ޕްލޭނަށް ބަދަލުގެންނަން ޖެހޭ: މިނިސްޓަރު

މިނިސްޓަރު އަމީން އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ

އައްޑޫ ސިޓީގައި ތަރައްގީކުރަމުންދާ ޓާޝަރީ ހޮސްޕިޓަލުގެ ޕްލޭނަށް ބަދަލު ގެންނަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރާ ކުރީގެ އީސީސީ އަށް ޒިޔާރަތްކުރައްވައި މިނިސްޓަރު ވިދާޅުވީ ދުރު މުސްތަގުބަލަށް ވިސްނައިގެން ހޮސްޕިޓަލު ތަރައްގީ ކުރުމުގެ ޕްލޭނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

"މި ސަރަހައްދުގެ އާބާދީއާއި އަދި މަތީ ފެންވަރުގެ ޚިދްމަތްތައް ލިބެންފެށީމަ ރާއްޖޭގެ އެހެން ހިސާބުތަކުން މި ސަރަހައްދަށް ރަނގަޅު ފެންވަރުގެ ސިއްހީ ޚިދްމަތްތައް ހޯދުމަށް މީހުންނަށް އާދެވޭނެ ވިސްނުމެއްގަ މިކަހަލަ ކަންތައްތައް ކުރުން މުހިއްމު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލަކަށް އައްޑޫ ރައްޔިތުން ކުރާ އުއްމީދު ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތް ކުރިއަށްދާގޮތްވެސް މިނިސްޓަރު އަމީން ބައްލަވާލެއްވިއެވެ.

މިނިސްޓަރު ވަނީ އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ އެހެން ބައެއް ތަންތަނަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ.

comment ކޮމެންޓް