"އެވެންޖާސް: އެންޑްގޭމް"ގެ ޓްރެއިލާ ރިލީޒް ކޮށްފި

އެވެންޖާސްގެ ޕޯސްޓަރެއް----

މަގްބޫލު ފިލްމު އެވެންޖާސް: އެންޑް ގޭމްގެ ޓްރެއިލާ މިއަދު ނެރެފިއެވެ.

އެންތަނީ ރުސޯ އަދި ޖޯއީ ރުސޯ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މެއި ތިން ވަނަ ދުވަހުއެވެ.

ނޭވާ ހިފަހައްޓާލަންޖެހޭ ޝައުގުވެރި މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިގެންދެއެވެ. މި ފިލްމަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ފިލްމެކެވެ.

މާވެލް ސްޓޫޑިއޯ އާއި ވޯލްޓް ޑިޒްނީ މޯޝަން ޕިކްޗާސް ގުޅިގެން ގެނެސްދޭ އެ ފިލްމަކީ އެމެރިކަން ސުޕަހީރޯ ފިލްމެކެވެ.

ޚަބަރުތައް ބުނާގޮތުގައި މިފަހަރުގެ ސީކުއަލްއިން ފެނިގެންދާނީ ބޮޑު ރޭވުމަކާއެކު ތާނޯސް ބަލިކުރާ މަންޒަރެވެ.

"އެވެންޖާސް: އިންފިނިޓީ ވާ" ވަނީ މިއަހަރުތެރޭ އަޅުވާފައެވެ. އަދި އެ ފިލްމަށް ވަނީ ފިލްމު އެޅުވި ދުވަހު ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ ވެސް ލިބިފައެވެ.

މި ފިލްމަކީ 2015 ވަނަ އަހަރު ނުކުތް "އެވެންޖާސް އޭޖް އޮފް އަލްޓްރަން"ގެ ސީކުއަލް އެކެވެ.

comment ކޮމެންޓް