ވައިފުޅި އަޅައިގެން ފީނި އެކަކު ނިޔާވެ އަނެކަކު އައިސީޔޫގައި

ފީނައިގެ ހާލު ދެރަވި މީހަކަށް ފަރުވާ ދެނީ-- ފޮޓޯ: އެމްއެންޑީއެފް

ގދ. ގައި އޮންނަ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ހަތަރު މީހުންގެ ތެރެއިން އެކަކު ހާލު ދެރަވެ ނިޔާވެއްޖެއެވެ.

އެ ހާދިސާގައި ނިޔާވެފައިވަނީ 37 އަހަރުގެ އަމިތު ސައީދުއެވެ.

އަދި އެ ހާދިސާގައި ފީނަން އުޅުނު އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރުއަށް މިހާރުވެސް ދަނީ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެެ. އެމްއެންޑީއެފްއިން ބުނީ އޭނާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން މިހާރު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ.

އެ ހާދިސާގައި ހާލު ދެރަވި އުމުރުން 31 އަހަރުގެ މުބާރަކް އަބްދުﷲގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ފީނައިގެ ހާލު ދެރަވި މީހަކަށް ފަރުވާ ދެނީ-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހު 5:14 ހާއިރުއެވެ. އަދި އެ ރިޕޯރޓް ލިބުމާއި އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް އެ ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދުއަށް ގެންދިޔަ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިއިރު، އެ ހަތަރު މީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓުވަންދެން ފީނާހަދައިފައިވާ ކަމަށެވެ.

comment ކޮމެންޓް