މާލޭ، ބޮޑުތަކުރުފާނު މަގުގައި ޕާކް ކޮށްފައި އޮތް ވޭނެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ބޮޑުތަކުރުފާނު މަގު، އޭޑީކޭ ޖެނެރަލް ޓްރޭޑިން ކުރިމަތީގައި ޕާކް ކޮށްފައި އޮތް ވޭނުގައި ރޯވި އަލިފާންގަނޑު މިއަދު ފަތިހު، ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް، ފަޔަރ އެންޑް ރެސްކިއު ސާވިސް އަށް ލިބިފައިވަނީ ފަތިހު 5:18 ހާއިރުއެވެ.
މި ހާދިސާގައިއެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ވޭނަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، ފަޔާ ފައިޓިން ޓީމުން އެސަރަހައްދަށް ގޮސް ބެލިއިރު ވޭންގެ ބެޓެރިއާއި ކުރީ ސީޓުގެ ދަށްފުށުގައި އަލިފާން ރޯވެފައިވެފައިވާ ކަމަށެވެ. އަދި އަލިފާން ނިވި ބޭނުންކޮށްގެން އެކީ ނިއްވާލާފައިވަނީ ފަތިހު 5:31 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ފުލުހުން ދަނީ މިމައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.