މިއެޓް ފުޓްސަލް ފިއެސްޓާ: ހިއްމަފުއްޓާއި ކަންމަތި އެފްސީ ފައިނަލަށް

މިއެޓް ފުޓްސަލް ފިއެސްޓާގެ ތެރެއިން--- ފޮޓޯ: މިއެޓް

ކ. ތުލުސްދޫގެ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ މިއެޓް ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ހިންމަފުށި އެފްސީ އާއި ކަންމަތި އެފްސީ ދަތުރު ކޮށްފި އެވެ،

ރޭ ސެމީގެ ދެ މެޗު ވެސް ކުޅުނު އިރު، ހިންމަފުށި އެފްސީ ސެމީގައި ބައްދަލު ކުރީ ބޮޅު ކޮމިއުނިޓީއާ އެވެ. އެ މެޗު ހިންމަފުށިން ކާމިޔާބު ކުރީ 6-1ގެ ނަތީޖާއިންނެވެ. ކަންމަތި އެފްސީ ފައިނަލަށް ދަތުރު ކުރީ 8-4ގެ ނަތީޖާއިން ބްލެކް އީގަލްސް ބަލިކޮށްގެންނެވެ.

ހިންމަފުށި އެފްސީ އާއި ކަންމަތި އެފްސީ ބައްދަލު ކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 21:30 ގަ އެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑައަޅާފައި ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ އަށް ދާ ޓީމަކަށް ދޭނީ 5000 ރުފިޔާގެ އިނާމެކެވެ.

ޖުމްލަ ހަތް ޓީމަކާ އެކު މި އަހަރު ކުރިއަށްދާ މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ގްރޫޕް އޭގައި ހިމެނުނީ ހަތަރު ޓީމެވެ. ގްރޫޕް ބީގައި ތިން ޓީމެވެ.

ގްރޫޕް އޭގައި ހިމެނުނީ ހިއްމަފުށި އެފްސީ، ކަންމަތި އެފްސީ، އެޕޮކަލިޕްސް އަދި ހުދުރަންފުށި އެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުނު އިރު އޭ ގްރޫޕުގެ އެންމެ ކުރީގައި ހަތް ޕޮއިންޓާ އެކު އޮތީ ހިއްމަފުށި އެފްސީ އެވެ. ދެވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ކަންމަތި އެފްސީ އެވެ. އެހެން ކަމުން އެ ދެ ޓީމު ވަނީ ސެމީއަށް ދަތުރު ކޮށްފަ އެވެ. ތިން ޕޮއިންޓާ އެކު ތިންވަނާގައި އޮތް އެޕޮކަލިޕްސް އާއި ޕޮއިންޓަކާ ނުލައި ގްރޫޕް ސްޓޭޖު ނިންމާލި ހުދުރަންފުށި ވަނީ ކަޓައިގެން ގޮސްފަ އެވެ.

ގްރޫޕް ބީގައި ހިމެނުނީ ބްލެކް އީގަލްސް، ބޮޅު ކޮމިއުނިޓީ، އަދި އެފްސީ ޓްރައިބު އެވެ. ފޯރިގަދަ އެ ގްރޫޕުގެ މެޗުތައް ނިމުނު އިތު ތިން ޓީމަށް ވެސް ލިބިފައި އޮތީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން ސެމީއަށް ބޯޅު ކޮމިއުނިޓީ އަދި އެފްސީ ޓްރައިބު ދަތުރު ކުރީ ގޯލް ޑިފަރެންސުންނެވެ.

ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި އެ ދާއިރާގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިއެޓް ފުޓްސަލް ފިއެސްޓާ ފެށީ ޑިސެންބަރު އެއްވަނަ ދުވަހު އެވެ.

comment ކޮމެންޓް