ޕާޓީތަކުގެ ދަރަންޏަށް ޒިންމާ އުފުލަން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު -- ފޮޓޯ / ރައްޔިތުން މަޖިލީސް

ސިޔާސީ ޕާޓީއެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ އެ ފައިސާ ނުދައްކާ އޮވެއްޖެނަމަ، އެ ފައިސާ ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ އިން އުނިކުރާގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އާމިރު ވިދާޅުވީ އޭނާ ހުށަހެޅުއްވި އިސްލާހު ތަކަކީ އެ ގާނޫނު ވުޖޫދުވިއިރުވެސް ގާނޫނުގައި ހިމެނުމަށް ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށާއި ނަމަވެސް އޭރު ހާލަތު އޮތްގޮތުން ގާނޫނު ފާސްވެގެން އައިއިރު އެކަންކަން ހިމެނިފައި ނެތީ ކަމަށެވެ.

މި އިސްލާހުގެ ސަބަބުން އަދުލު އިންސާފުގެ ސިފަތައް އެ ގާނޫނުގައި ހިމެނޭނެ ކަމަށް އާމިރު ވިދާޅުވިއެވެ.

"މިގާނޫނުގެ 32 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި ވާނެ ޖޫރިމަނާގެ ހާލަތުގަިއ އަދި ޕާޓީ ދަރަނިވެރިވެއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތް، 48 ވަނަ މާއްދާ އަށް އިސްލާހު ހުށަހަޅާފައިވާނެ ޕާޓީ އުވާލެވޭ ހާލަތުގައި ކަންކުރާނެގޮތް،" އާމިރު ވިދާޅުވީ މާލީ ކަންކަމާ ޖިނާއީ ކަންކަމުގައި ޕާޓީގެ ފަރާތުން ޒިންމާ އުފުލުގެ ގޮތްތައް ބަޔާންކުރާ މާއްދާއެއް ގާނޫނުގައި ހިމެނުމަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށް ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވެއެވެ.

ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ލިބޭ ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ ކުށެއް ނެތް މައުސޫމް މީހުންނަށް ލިބޭ ގެއްލުމެއް ކަމުގައިދެކޭތީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅީ ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

comment ކޮމެންޓް