ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ނާއިބު ރައީސް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް ފައިސަލް ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޒިޔާރަތްކޮށްފައި--- ފޮޓޯ/ ރައީސް އޮފީސް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ޒިޔާރާތްކުރައްވައިފި އެވެ.

މި ޒިޔާރަތަކީ އެ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައިލެއްވުމަށާއި، މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި ދިމާވާ ދަތިތައް އޮޅުންފިލުއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި މި ޒިޔާރާތުގައި ނައިބު ރައީސްގެ އިތުރުން ޖެންޑަ މިނިސްޓަރު ސޯޝަލް ސަވިސަސް ޝިދާތާ ޝަރީފް ވަނީ ބައިވެރިވެރިވެވަޑައިގެންފަ އެވެ.

ފައިސަލް ވަނީ އެ ރަށު ކައުންސިލަށް ޒިޔާރަތް ކުރައްވައި، ކައުންސިލް މެންބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

comment ކޮމެންޓް