ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ކެބިނެޓުން ނިންމީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރު އޮކްޓޯބަރު 13 ގައެވެ. އޭރުގެ ސަރުކާރުން ބުނެފައި ވަނީ ކޮމަންވެލްތުން ވަކިވީ ރާއްޖޭގެ ދާހިލީ ކަންކަމާ އެ ޖަމްއިއްޔާ އިން ބެހި އިސްތިގުލާލަށް އަސަރު ކުރާ ކަމަށް ބުނެއެވެ.

ރާއްޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައި ވަނީ 1982 ވަނަ އަހަރު ޖުލައިމަހުގެ ނުވަވަނަ ދުވަހު އެވެ.

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރަން ނިންމާފައިވާ ކަމެކެވެ.

ކޮމަންވެލްތުގައި ބައިވެރިވާން ސަރުކާރުން ނިންމި ނިންމުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީން ދިރަސަކޮށް ނިންމި ރިޕޯޓަށް މިއަދު ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވި މައްސަލައިގައި އިހުމާލުވި ފަރާތެއް ވާނަމަ އެފަރާތަކާ މެދު ފިޔަވަޅުވެސް އަޅަންޖެހޭ ކަމަށެވެ. އަދި ކޮމަންވެލްތުން ވަކިވެ ހޭދަވި ދެ އަހަރެއްހާ ދުވަހު ރާއްޖެއަށް ލިބުނު ގެއްލުން ދިރާސާކުރަންޖެހޭ ކަމަށެވެ.

https://sun.mv/111996

ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައިވާ އިރު، ކޮމަންވެލްތުގައި ބައިވެރިވެވޭނީ ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަމަންޓްސް މީޓިންގްއަކުން އެގޮތަށް ފާސްކުރުމުންނެވެ. ދެން އެންމެ އަވަހަށް ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓްސް މީޓިންގެއް އޮންނާނީ 2020 ވަނަ އަހަރުއެވެ.

އެހެން ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ ކޮމަންވެލްތުގައި ބައިވެރިވާން އެދި ރާއްޖެއިން އެޖަމިއްޔާއަށް ލިޔުން ފޮނުވާ ހިސާބުން، އެ ޖަމިއްޔާގެ އެކި ހަރަކާތްތަކުގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ބައިވެރިވެލައިގެން ތިބެ އަޅުގަނޑުމެންގެ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ވާން އޮތް ޖަމިއްޔާއަކުން ބޮޑާ ހާކާފައި ދުރަށް ދިއުން އެއީ ހުތުރުކަމެއް،" ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމަށް ޝާހިދު ފާޑު ވިދާޅުވިއެވެ.

comment ކޮމެންޓް