އެންމެ މަގުބޫލު ސިޓީއަކީ މިފަހަރުވެސް ހޮންކޮންގް

ކޮންގްކޮންގް

ފަތުރުވެރިންގެ ގޮތުގައި މިއަހަރު 1.4 ބިލިއަން މީހުން ދުނިޔޭގެ އެކި ތަންތަނަށް ދަތުރު ކޮށްފައި ވާނެ ކަމަށް ބެލެވެއެވެ. މި ދަތުރުތަކުގައި އެންމެ ގިނައިން ދަތުރު ކޮށްފައި ވަނީ ކޮންކޮން ސިޓީތަކަކަށް ކަން އެނގޭ ހެއްޔެވެ؟

ޔޫރޯމޮނީޓާ އިންޓަނޭޝަނަލް އިން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކާގޮތުގައި ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި، އަދި މިއަހަރު އެންމެ މަގުބޫލު ސިޓީ އަކީ ހޮންގް ކޮންގެވެ. އެސިޓީ އަށް 29 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކުރިއެވެ. މިދިޔަ އަހަރުވެސް މި މަގާމު ހޯދާފައިވަނީ ހޮންކޮންގެވެ.

މި ސާވޭ ބުނާގޮތުން މިއަހަރު ތެރޭ ދުނިޔޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތްކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މި ގޮތުން ޗުއްޓީ ހޭދަކުރުމަށް އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށްވެސް ސާވޭގައި ފާހަގަކޮށްފައިވެއެވެ.

ހޮންގްކޮންގްއަށް ފަހު ދެން އެންމެ ގިނަމީހުން ޒިޔާރަތްކޮށްފައިވަނީ ތައިލެންޑުގެ ބެންކޮކް އަށެވެ. އެ ސިޓީ އަށް 23 މިލިއަން މީހުން ޒިޔާރަތްކުރިއެވެ. ތިންވަނައަށް އިނގިރޭސިވިލާތުގެ ލަންޑަން ހިމެނިފައިވާއިރު މިއަހަރު 20 މިލިއަނަށްވުރެ ގިނަ މީހުން ލަންޑަނަށް ޒިޔާރަތްކުރިއެވެ.

އަށާރަ މިލިއަނަށް ވުރެ ގިނަ މީހުން މިއަހަރު ސިންގަޕޫރަށް ޒިޔާރަތްކުރި ކަމަށް މި ސާވޭގައި ފާހަގަކޮށްފައިވެއެވެ. ސިންގަޕޫރަކީ މިއަހަރު ހަތަރުވަނައަށް އެންމެ މަގުބޫލު ސިޓީ އެވެ. ފަސްވަނައަށް ހިމެނިފައިވަނީ މަކާއޯ އެވެ. އެ ސިޓީއަށްވެސް 18 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ސާވޭގައި ޔޫރޯމޮނީޓާ އިން ވަނީ ތަފާތު 600 ސިޓީ އަކަށް ޒިޔާރަތްކުރި މީހުންގެ މައުލޫމާތު ބޭނުންކޮށްފައެވެ. އެންމެ ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވަނީ އޭޝިއާގެ ގައުމުތަކުގެ އެކި ސިޓީތަކަށެވެ.

comment ކޮމެންޓް