ކުއެލްކޮމް 855: 5ޖީ ވޭވްގެ ފުރަތަމަ ޗިފް

މިހާރު އިންޓަނެޓުގެ ދުނިޔެ އެންމެ އިންތިޒާރު ކުރަނީ ނެކްސްޓް ޖެނެރޭޝަން އިންޓަނެޓު ނުވަތަ 5ޖީ އާންމުކޮށް ބޭނުން ކުރަން ފެށޭނެ ދުވަހަކަށެވެ. މި ހިދުމަތަށް ބޭނުންވާ އެހެނިހެން ހާޑްވެއާތައް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބައެއް ކުންފުނިތަކުން މިހާރު 5ޖީ ޑެމޯ ދައްކާލާފައިވާއިރު، ސްނެޕް ޑްރެގަން އިން ވަނީ އެމީހުނގެ 5ޖީ ޗިޕް ސްނެޕްޑްރެގަން 855 ވެސް މިހާރު ދައްކާލައިފައެވެ. ގިނަ ފްލެގްޝިޕް ފޯނުތަކުގައި ސްނެޕްޑްރެގަންގެ ޗިޕްތައް ބޭނުންކުރާއިރު ސެމްސަންގަކީ އަންނަ އަހަރުގެ ފުރަތަމަ ހަމަސްތެރޭ 5ޖީ ފޯނު ބާޒާރަށް ނެރޭނެކަން ހާމަކޮށްފައިވާ ކުންފުންޏެކެވެ.

ސްނެޕްޑްރެގަން އިން ބުނީ ކުއެލްކޮމް 855 އާއެކު ގޭމިން އެކްސްޕީރިއަންސް އާއި ރިއަލް ޓައިމް އެކްސްޕީރިއަންސް ފުރިހަމަވާނެ ކަމަށެވެ.

ސެމްސަންގުގެ އިތުރުން ވާވޭ އިން ވެސް ވަނީ އަންނަ އަހަރު 5ޖީ ފޯނު ބާޒާރަށް ނެރޭނެކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް