ކެޕްޓަން މާވެލް ރިލީޒްކުރާނީ އަންނަ އަހަރުގެ މާޗް އަށެއްގައި!

ކެޕްޓަން މާވެލް---

ކެޕްޓަން މާވެލްގެ ދެވަނަ ޓްރެއިލާ ރިލީޒްކުރުމަށްފަހު ފިލްމު އަޅުވާ ތާރީހު އާންމުކޮށްފިއެވެ.

އަންނަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ދެވަނަ ޓްރެއިލާގައި މާވެލް ކޮމިކްސްގެ ސުޕަހީރޯ ކެރެކްޓާ ކެރޯލް ޑެންވާސް ވެސް ފެނިލައެވެ.

ފިލްމުގައި ކެޕްޓަން މާވެލްގެ ރޯލުން ފެންނާނީ އެކްޓަރު ޖޫޑް ލޯ އެވެ. ކެރޯލް ޑެންވާސްގެ ރޯލުން ފެނިގެންދާނީ އެކްޓްރެސް ބްރީ ލާސަނެވެ. އަދި ނިކް ފިއުރީގެ ރޯލު ކުޅޭނީ ސެމިއުލް އެލް ޖެކްސަނެވެ.

އެ ފިލްމަކީ އިންސާނީ އަދި އޭލިއަން ޑީއެންއޭ އެކުލެވޭ ދަރިކޮޅުންތަކެއްގެ މެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް އުފެއްދާ ފިލްމެކެވެ.

އެ ފިލްމު އުފައްދާފައިވަނީ 152 މިލިއަން ޑޮރަލުގެ ބަޖެޓަކުންނެވެ.

comment ކޮމެންޓް