ހަތަރު އަހަރަށް ފަހު ރިތޭޝްއާއި ގެނީލިއާ ސްކްރީނުން!

ރިތޭޝް އާއި ގެނީލިއާ އެއްކޮށް ފެނިގެންދާ ލަވަ---

ހަތަރު އަހަރު ފަހުން ރިތޭޝް ދޭޝްމުކް އޭނާގެ އަންހެނުން ގެނީލިއާ ޑިސޫޒްގެ ފިލްމެއް ބެލުންތެރިންނަށް ދައްކާލުމަށް ތައްޔާރުވެއްޖެއެވެ.

މި ފިލްމަކީ "މައުލި" ނަމަކަށް ކިޔާ ފިލްމެކެވެ. އެ ފިލްމުގެ ލަވައެއް މިހާރު ވަނީ ދައްކާލާފައެވެ. ފިލްމުގެ މަސައްކަތް ނިމި ޓްރެއިލާ ވެސް އާންމުކޮށްފައިވާއިރު ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހު 14ގައެވެ.

އާދިތްޔާ ސަރްޕޮތްޑަރް ޑައިރެކްޓުކުރާ އެފިލްމަކީ މަރާޓީ ފިލްމެކެވެ. ދެތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ވެސް މަރާޓީ ފިލްމެއްގެ ލަވައަކުންނެވެ.

ގެނީލިއާ ސްކްރީނާ ދުރަށް ޖެހިލީ އޭނާއަށް ދެ ދަރިން ލިބުނު ފަހުންނެވެ. ގެނީލިއާ އާއި ރިތޭޝް ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.

comment ކޮމެންޓް