ލަވަކިޔުންތެރިޔާ ޕްރިންސްގެ މިއުޒިކަށް ހާއްސަ ފިލްމެއް ހަދަނީ

ލަވަކިޔުންތެރިޔާ ޕްރިންސް---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕްރިންސްގެ މިއުޒިކް ބޭނުންކޮށްގެން ފިލްމެއް ހަދަން ނިންމައިފިއެވެ.

ނިވާސަލް ޕިކްޗާޒް އިން ބުނީ މި ފިލްމަކީ އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް ނޫންކަމަށާއި މިއީ އޭނާއާ ބެހޭ ފިލްމެއްކަމަށެވެ. ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ފިލްމު ހެދުމުގެ ރައިޓްސް އެ ކުންފުނިން މިހާރު ވަނީ ހޯދައިފައެވެ.

މިއުޒިކަކުން ފިލްމުގެ ވާހަކަ ކުރިއަށްގެންދާ ގޮތަށް ތައްޔާރުކުރާ އެ ފިލްމާ ބެހޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. 1984 ގެ "ޕާޕަލް ރެއިން" އަކީ ވެސް ޕްރިންސްގެ ވާހަކަ ކިޔަދޭ ފިލްމެކެވެ. އެ ފިލްމަށް ވަނީ އޮސްކާ އެވޯޑް ވެސް ލިބިފައެވެ.

ލަވަކިޔުންތެރިޔާ ޕްރިންސް މަރުވީ 2016 ވަނަ އަހަރު އުމުރުން 58 އަހަރުގައެވެ. ޕްރިންސް މަރުވީ ފެންޓަނީލް އަށް އޯވަޑޯޒްވެގެންނެވެ. ޕްރިންސް ވަނީ ހަތް ގްރެމީ އެވޯޑްސް ހޯދާފައެވެ.

ގިނަ އަދަދެއްގެ ލަވަތަކާއި އަލްބަމްތަކެއް ނެރެފައިވާ ޕްރިންސްއަކީ މިއުޒިކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

comment ކޮމެންޓް