ސްޓެލްކޯ ކައިރީ ހުންނަ އެފްއެސްއެމްގެ ފިއުލްޝެޑް 24 ގަޑިއިރަށް ބަދަލުކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން މާލޭގައި ހިންގާ ފިއުލް ޝެޑުތަކުގެ ތެރެއިން ސްޓެލްކޯ ކައިރީ ހުންނަ ފިއުލް ޝެޑް 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ނިންމައިފިއެވެ.

އެފްއެސްއެމް އިން ބުނީ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ސަރުކާރުން ހުއްދަ ދިނުމާއެކު ރައްޔިތުންނަށް ފަސޭހަވާނެހެން އެ ކުންފުނީގެ އީޒީ ފިލް 1 24 ގަޑިއިރު ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.

މި ޝެޑުން ހެނދުނު އަށަކުން ރޭގަނޑު 10 އަށް ހިދުމަތްދޭނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ. އަދި ރޭގަނޑު 10 އިން ހެނދުނު އަށަކަށް ހުރިހާ އުޅަނދަކަށްވެސް ހިދުމަތް ދޭނެއެވެ. ނަމާދު ވަގުތަށް 15 މިނެޓަށް ޕެޓްރޯލު ޝެޑް ބަންދު ވާނެ ކަމަށާއި ހުކުރު ދުވަހުގެ ހެނދުނު އަށަކުންމެންދުރު ދޭކަށް ފިއުލްޝެޑް ބަންދުވާނެ ކަމަށްވެސް އެފްއެސް އިން ބުނެއެވެ.

ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވަނީ މިރެއިން ފެށިގެންނެވެ.

comment ކޮމެންޓް