2020 ގައި ނެޓްފްލިކްސް އިން ފްރެންޑްސް ނަގަނީ

ފްރެންޑްސްގެ މަންޒަރެއް --

މެގަ ހިޓް ޓީވީ ސީރީޒް ފްރެންޑްސް ގެ މަގުބޫލުކަން އަދިވެސް ކުޑައެއް ނުވެއެވެ. ސްޓްރީމިން އެޕްލިކޭޝަން ނެޓްފްލިކްސް މެދުވެރިކޮށް ފްރެންޑްސް ބަލާމީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. މި މަގުބޫލު ސީރީޒް ނެޓްފްލިކްސް އިން ނަގަން އުޅޭ ވާހަކައާއެކު ފްރެންޑްސްގެ ފޭނުންނަށް ވަނީ މާޔޫސީކަން ގެނުވައިފައެވެ.

މިއަހަރު ނިމުމަށްފަހު ނެޓްފްލިކްސް އިން ފްރެންޑްސް ނަގާނެކަމަށް ވާހަކަ ދެކެވުމާއެކު ސޯޝަލް މީޑިއާ ކެކި އުތުރިގަތެވެ. އެންމެ ފަހުން މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ އަންނަ އަހަރުވެސް ފްރެންޑްސްގެ ފޭނުންނަށްޓަކާ ނެޓްފްލިކްސް އިން ފްރެންޑްސް ބެލެނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ނެޓްފްލިކްސް އިން ފްރެންޑްސް ނަގަނީ ވާނާ ބްރަދާސްގެ ސްޓްރީމިން ޕްލެޓްފޯމެއް އުފެއްދުމަށްފަހު އެ ޕްލެޓްފޯމުން ސްޓްރީމު ކުރެވޭނެ ގޮތް ހެދުމަށެވެ. ހޮލީވުޑް ލައިފުން ބުނީ ވާނާ ބްރަދާސްގެ ސްޓްރީމިން ޕްލެޓްފޯމު އަންނަ އަހަރު ނިމުމުގެ ކުރިން އާންމުންނަށް ދޫކޮށްލާނެ ކަމަށެވެ.

ފްރެންޑްސް ނެޓްފްލިކްސް އިން ސްޓްރީމު ކުރެވޭގޮތަށް ހަދާފައިވަނީ 2015 ވަނަ އަހަރުއެވެ.

ނެޓްފްލިކްސް އިން މީގެ ކުރިން ސްޓްރީމުކުރެވުނު ލޫކް ކޭޖް، އަޔަން ފިސްޓް އަދި ޑެއާ ޑެވިލްވެސް ވަނީ މިހާރު ނެޓްފްލިކްސް އިން ނަގައިފައެވެ.

comment ކޮމެންޓް