އައިފޯނު ބޭނުންކުރާ މީހުން މެދުގައި މިއަހަރު އެންމެ މަގުބޫލުވީ ޔޫޓިއުބް

އައިފޯނު ބޭނުންކުރާ މީހުން މިއަހަރު އެންމެ ގިނައިން ޑައުންލޯޑުކުރީ ޔޫޓިއުބް ކަމަށް އެޕަލް އިން ބުނެފިއެވެ.

އެޕަލް އިން އާންމުކުރި މިއަހަރުގެ އެޕް ޑައުންލޯޑްސް ތަފާސްހިސާބުތައް ދައްކާގޮތުން އައިއޯއެސް އެޕްލިކޭޝަންތަކުގެ އެންމެ ކުރި ހޯދާފައިވަނީ ޔޫޓިއުބް އެވެ. ދެވަނަ އަށް އިންސްޓަގްރާމް އަދި ތިންވަނައަށް އެންމެ ގިނައިން ޑައުންލޯޑުކޮށްފައިވަނީ ސްނެޕްޗެޓްއެވެ. މީގެ އިތުރުން ފޭސްބުކް މެސެންޖާ އާއި ފޭސްބުކް އެޕްލިކޭޝަން އަކީވެސް އައިއޯއެސް ޔޫޒަރުންގެ މެދުގައި މިއަހަރު އެންމެ މަގުބޫލު އެޕްތަކުގެ ތެރޭގައި ހިމެނޭ އެޕްލިކޭޝަންތަކެވެ.

މިދިޔަ އަހަރު އައިއޯއެސް ބޭނުންކުރާ މީހުން އެންމެ ގިނައިން ޑައުންލޯޑު ކުރި އެޕަކީ ބިޓްމޯޖީ އެވެ. މި އެޕްލިކޭޝަން ވަނީ މި އަހަރު ހަވަނައަށް ވެއްޓިފައެވެ.

އައިއޯއެސް އެޕްލިކެޝަންތަކުގެ ތެރެއިން ފައިސާ ދައްކައިގެން ޑައުންލޯޑުކުރެވޭ އެޕްލިކޭޝަންތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޑައުންލޯޑުކޮށްފައިވަނީ ކިރާކިރާ ޕްލަސް ކިޔާ ސެލްފީ އެޑިޓިން އެޕްލިކޭޝަނެކެވެ. މި އެޕް ޑައުންލޯޑު ކުރުމަށް ހޭދަކުރަން ޖެހެނީ 99 ސެންޓެވެ.

އައިއޯއެސް އިން މިއަހަރު ޖުމްލަ ކިތައް އެޕްލިކޭޝަން ޑައުންލޯޑު ކުރީ ކިތައް މީހުން ކަމެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް