"ސިމްބާ"ގެ ޓްރެއިލާ ދައްކާލައިފި، ރިލީޒްކުރާނީ މިމަހު 28ގައި!

ސިމްބާގެ ޕޯސްޓަރެއް---

މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމު "ސިމްބާ"ގެ ޓްރެއިލާ ނެރެފިއެވެ.

މި އަހަރުގެ ރޯދަ މަހު ފެށި "ސިމްބާ"ގެ ޝޫޓިން ނިންމައި އެ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ޓީމުން ބުނެއެވެ. ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނައިރު ސައިފް ޚާންގެ ދަރިފުޅު ސާރާ އަލީ ހާންގެ އެކްޓިންއަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

ކަރަން ޖޯހަރު ޕްރޮޑިއުމުސްކުރާ އެ ފިލްގެ ލީޑު ރޯލުން ފެނިގެންދާނީ ރަންވީރު ސިންގް އާއި ސާރާ އަލީ ހާނެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން އަޖޭ ދޭވްގަން ވެސް ފެނިގެންދާނެއެވެ.

މިއީ ރަންވީރާއި ރޯހިތު އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

"ސިމްބާ"ގައި ރަންވީރު ކުޅެފައިވަނީ ފުލުހެއްގެ ރޯލެވެ. އެ ފިލްމުގައި ވަރަށް މަޖާ ކަންތައްތައް ވެގެންދާނެ ކަމަށް ޑައިރެކްޓަރު ބުނެ އެވެ. "ސިމްބާ"އަކީ ސާރާ ސްކްރީނުން ފެންނާނެ ދެވަނަ ފިލްމަށެވެ.

ސާރާގެ ފުރަތަމަ ފިލްމަކަށްވާނީ ސުޝާންތް ސިންހް އާ އެއްކޮށް ފެނިގެންދާ ފިލްމު "ކެދާނަތު"އެވެ. އެ ފިލްމު ރިލީޒްކުރާނީ މިމަހު ހަތްވަނަ ދުވަހުއެވެ.

comment ކޮމެންޓް