ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ޝާންޓޭ ހައްޔަރުކޮށްފި

މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ --

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ ހައްޔަރުކޮށްފިއެވެ.

ގައުމީ އިނާމް ވެސް ހޯދައިފައިވާ ޝާންޓޭ ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ.

ފުލުހުން ބުނީ، މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ އިތުރު ތަފްސީލު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވަނީ މަޝްހޫރު ބޮޑީ ބިލްޑަރު ޝާންޓޭއެވެ.

ޝާންޓޭ ވަނީ، ގައުމީ އިނާމުގެ އިތުރުން މިދިޔަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފައެވެ. މިސްޓަ މޯލްޑިވްސްއާއި އަދިވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދާފައެވެ.

comment ކޮމެންޓް