ވެލިދޫ ބަލިކޮށް ކުޑަފަރި 3 ޕޮއިންޓު ހޯދައިފި

އިއްޔެ ސިޔާމް މައުރޫފް ކަޕުގައި ވެލިދޫ އާއި ކުޑަފަރި ބައްދަލު ކުރި މެޗުގެ ތެރެއިން--

ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގައި އިއްޔެ ނ. ކުޑަފަރީ ކުޅުނު ފުރަތަމަ މެޗުގައި ވެލިދޫ ބަލިކޮށް ތިން ޕޮއިންޓު ކަށަވަރު ކޮށްފި އެވެ.

އިއްޔެ ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ކުޑަފަރި ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ. މެޗުގެ ހަމަ އެކަނި ގޯލަކީ ކުޑަފަރީގެ ޖާޒީ ނަމްބަރު 27 މުހައްމަދު ވިސާހު ކާމިޔާބު ކޮށްދިން ގޯލެކެވެ.

އިއްޔެގެ މެޗުގެ މޭން އޮފް ދަ މެޗް ކަމަށް ހޮވުނީ ކުޑަފަރީގެ ޖާޒީ ނަމްބަރު އަށެއް ހަސަން ސޯދިގު އެވެ.

ގްރޫޕް ބީގައި ވެލިދޫ ދެ މެޗު ކުޅެފައިވާ އިރު ހޮޅުދޫ ލަންދޫ، މާފަރު އަދި ކުޑަފަރި ކުޅެފައި ވަނީ އެއް މެޗެވެ. ދެ މެޗުން ވެސް ވެލިދޫއަށް ޕޮއިންޓެއް ލިބިފައި ނުވެ އެވެ.

ގްރޫޕް ބީ

  • ހޮޅުދޫ (3 ޕޮއިންޓު)
  • ލަންދޫ (3 ޕޮއިންޓު)
  • ކުޑަފަރި (3 ޕޮއިންޓު)
  • މާފަރު (0 ޕޮއިންޓު)
  • ވެލިދޫ (0 ޕޮއިންޓު)

ގްރޫޕް އޭ

  • މިލަދޫ (6 ޕޮއިންޓު)
  • ކެނދިކުޅުދޫ (4 ޕޮއިންޓު)
  • ހެނބަދޫ (3 ޕޮއިންޓު)
  • މަނަދޫ (3 ޕޮއިންޓު)
  • މާޅެންދޫ (1 ޕޮއިންޓު)
  • މަގޫދޫ (0 ޕޮއިންޓު)

މުބާރާތުގައި މިއަދު ވެސް ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މިއަދު ބައްދަލު ކުރާނީ ލަންދޫ އާއި މާފަރެވެ.

މާފަރު އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ 4-1ގެ ތަފާތު ބޮޑު ނަތީޖާއިން ހޮޅުދޫ އަތުން ބަލިވެފައެވެ. ނަމަވެސް ލަންދޫ ވަނީ 2-0 އިން ވެލިދޫ ބަލިކޮށް ތިން ޕޮއިންޓު ހޯދައިފައެވެ.

comment ކޮމެންޓް